ޢާންމު މަޢުލޫމާތު
ނަންބަރު: GS39/IUL/2020/05
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 01 ޑިސެންބަރު 2020 13:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ގުޅޭ

                                          އިޢުލާން

                                                               ނަމްބަރ: IUL/GS039/2020/05

އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ގުޅޭ

މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ، ކުރިއަށް އޮތް ތިންއަހަރަށް  ތައްޔާރުކޮށް، ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށައެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޣާޒީ ބަންޑާރައިން ސްކޫލުގައި މިބީލަމްގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރަންވާނެއެވެ

ބީލަން ރަޖިސްޓްރީ ކުރުމަށް އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 25 ނޮވެންބަރ 2020 އައި ދެމެދު މިސްކޫލްގެ ނަމްބަރ 6500046 ،6500313 ފޯނަން ގުޅުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

ޕްރީބިޑް ބައްދަލުވުން

މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 ނޮވެންބަރ 2020 ވާ (ބުރާސްފަތި) ދުވަހު ގެ 11:45ގައި ޣާޒީ ބަންޑާރައިން ސްކޫލްގައެވެ.  

ބިޑް ހުށައެޅުން

މިމަސައްކަތުގެ ބިޑު ހުށައެޅުން އޮންނާނީ 01 ޑިސެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 13:00ގައި ޣާޒީ ބަންޑާރައިން ސްކޫލްގައެވެ. މިގަޑީގެ ފަހުން ހުށައަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ. ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތަކަށާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތަކާއި،މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ.               

އިތުރު މައުލޫމާތު ސާފުކުރުން

އިތުރު މައުލޫމާތު ސާފުކުރުމަށް 29 ނޮވެންބަރ 2020 ވާ (އާދިއްތަ) ދުވަހުގެ ކުރިން ތިރީގައިވާ އީމެއިލްއަށް ފޮނުއްވުމަށް އެދެމެވެ.

[email protected]އަށެވެ.        

މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި އެކު ދުރުވާބޭފުޅެއްގެ ކާކުކަން އަންގަވައިދޭ ފޮޓޯޖެހިރަސްމީ ލިޔުމެއް( އައި.ޑީ.ކާޑް ) ގެންނެވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500313 ނަންބަރު ފޯނާއެވެ.

 

                                      23  ނޮވެމްބަރ      2020

                                     07  ރަބީއުލްއާޚިރް      1442

23 ނޮވެންބަރު 2020