ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2020/36
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 01 ޑިސެންބަރު 2020 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުމާލެ އާއި އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ޕެކޭޖިންގ ފެސިލިޓީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން (ރީބިޑް)

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ހުޅުމާލެ އާއި އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ޕެކޭޖިންގ ފެސިލިޓީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މީޓިންގ ރޫމްގައެވެ. މިޕްރޮޖެކްޓާއި ބެހޭ އެންމެހާ މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމަނާފައިވާނެއެވެ.

 

މާކުސް ދެވޭ ބައިތަތައް:

މާރކްސް ދެވޭ އުޞޫލު

%

މަސައްކަތުގެ އަގު

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

60

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 40 ޕޮއިންޓެވެ.)

40

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު:   3305555

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

23 ނޮވެންބަރު 2020