މަސައްކަތް
ނަންބަރު: (IUL) 101-AS/1/2020/208
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 03 ޑިސެންބަރު 2020 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ފްލޯރިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

(IUL) 101-AS/1/2020/208 :ނަންބަރު

އިޢުލާން

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެވެލާނާގޭގައި ހުންނަ އޮފީހުގެ ފްލޯރިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ފްލޯރިން ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލްތަކާއި އެއްގޮތަށް މި މަސައްކަތަށް ކުރުމަށްޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ގޫގަލް ފޯމު  https://docs.google.com/forms/d/e/1FAIpQLSf8CI4XWpcbaCdZr4TgY3baXtuP_E_4FjiRwXJISZHZzEtokQ/viewform?fbzx=5735651964301258091  މެދުވެރިކޮށް ރަޖިސްޓަރ ކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ވެލާނާގޭ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ އޮފީހުގައެވެ.

 

މި އިޢުލާނާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

29 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.)

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން

03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 10:00

 

 

ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

މިޢިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި މިއިޢުލާނާއި  ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ  [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

23 ނޮވެންބަރު 2020