މަސައްކަތް
ނަންބަރު: GS116(ILU)/2020/07
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 06 ޑިސެންބަރު 2020 13:30
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން                 

 

               ކޮންޓްރެކްޓް އުސޫލުން 2021 ވަނަ އަހަރު މިސްކޫލްގެ އިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

               މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ 

(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

             މިބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2020 ނޮވެމްބަރ 23 ން 29 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ހިދާޔާސްކޫލަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

             މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑު ހުށައެޅުމުގެ ބައްދަލުވުމަށް މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން            

30 ނޮވެމްބަރ 2020 ( ހޯމަ ) ދުވަހުގެ 13:30 ގައި

ބިޑް ހުށައެޅުން

 06 ޑިސެމްބަރ 2020 ( އާދީއްތަ ) ދުވަހުގެ   13:30 ގައި

 

            ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ. 

           ބަދަލުގައި އެހެން ފަރާތެެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.

           އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެްވުން އެދެމެވެ.

ފޯން:  6560572

ފެކްސް: 6561801

އީމެއިލް: [email protected]

23 ނޮވެންބަރު 2020