ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)179-3.3/179/2018/21
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 30 ނޮވެންބަރު 2020 10:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮތޯރިޓީގެ ޗެކްޕޮއިން ފަޔަރވޯލްގެ ލައިސަންސް އައުކުރުމާއިބެހޭ

މި އޮތޯރިޓީގެ ޗެކް ޕޮއިންޓް ފަޔަރވޯލް ލައިސަންސް (1 އަހަރުގެ މުއްދަތަށް) އައުކުރުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމުގެ އުޞޫލާއި ސްޕެސިފިކޭޝަން ތާވަލު އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://rb.gy/ffpbxx

 

ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected]  އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހު ހެދުނު 09:45އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

3 ވަނަ ފަންގިފި ލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3336619

                        7 ރަބީޢުލްއާޚިރު 1442  

                        22 ނޮވެންބަރު 2020

22 ނޮވެންބަރު 2020