މަސައްކަތް
ނަންބަރު: (IUL)GS12/2020/07
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 01 ޑިސެންބަރު 2020 13:00
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ވ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު            

         ކޮންޓެކްޓް އުސޫލުން މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

        މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2020 ނޮވެންބަރު 23 އިން 26 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

*މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 1 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.

ނޯޓް: ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ. 

* އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވ.އަތޮޅުމަދަރުސާ

މޯބައިލް: 7483852

އީ-މެ އިލް: [email protected]

                        07 ރަބީޢުލްއާޚިރު  1442

22 ނޮވެންބަރު 2020