ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ނޮވެމްބަރ 23 އިން 2020 ނޮވެމްބަރ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
އަދި 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ 13:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރު 7 ވާ ހޯމަ ދުވަހުގެ 13:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ü މަތިވެރި ސްކޫލް، އއ. މަތިވެރި
ü ފޯން: 6660816
ü އީމެއިލް: [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
22 ނޮވެންބަރު 2020