ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ނޮވެމްބަރ 2020 އިން 30 ނޮވެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަރަދޫ ސްކޫލް
މަރަދޫ ، އައްޑޫސިޓީ
ފޯން: 6890941
އީ-މެއިލް: [email protected]