ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/143
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 23:41
ސުންގަޑި: 25 ނޮވެންބަރު 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ބަނދަރު، އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި ހުރި އޮޑިދޯނި ފަހާރާއި އެހެނިހެން މުދަލާއި ތަކެތީގެ ވެރިފަރާތް ހޯދުމާއި ނައްތާލުމުގެ ކުރިން އަންގައި 02ވަނަ އެންގުން

ކުޅުދުއްފުށި ބަނދަރު، އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރު، މުދާ އަދި ތަކެތި ބަހައްޓާކަމާއި ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނި ފަހަރު އެހެލާ މިއިދާރާއަށް އެންގުމަކާ ނުލައި މަރާމާތު ކުރާކަން ފާހަގަ ކުރެވިފައިވާތީ މި އިދާރާގެ 15 ނޮވެމްބަރ 2020ގެ ނަންބަރު  (IUL)266-A/266/2020/139އިޢުލާނުން މިތަކެތީގެ ވެރިފަރާތްތަކުން ތަކެއްޗާ ހަވާލުވެ ތަކެތި ނަގައި ތަން ސާފުކުރުމަށް ވަނީ އެންގިފައެވެ. ނަމަވެސް ހަވާލާދެވުނު އިޢުލާނުން ސުންގަޑި ހަމަވީއިރުވެސް ބައެއް ފަރާތްތަކުން ތަކެތި ނަގާފައިނުވާތީ މިތަކެއްޗާ ހަވާލުމަށާއި ތަކެތި ނެގުމަށް 25 ނޮވެމްބަރ 2020 ވަނަ ދުވަހާ ހަމައަށް 02ވަނަ ފުރުޞަތެއް ދެމެވެ. މި މުއްދަތަށްފަހު މިސަރަހައްދުގައި ޤަވާއިދާއި އުސޫލުތަކާ ހިލާފަށް އަދި ވެރިއަކު ނޭނގޭ ގޮތަށް ބެހެއްޓިފައިވާ ތަކެތި ނަގައި ނައްތާލެވޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

މިއިދާރާއަށް އެންގުމަކާ ނުލައި އެހެލާފައިވާ އޮޑިދޯނުފަހަރުގެ ވެރިފަރާތްތަކުން އެކަމަށް ކަނޑައަޅިފައިވާ އުސޫލުތަކާ އެއްގޮތައް މިއިދާރާއަށް ފޯމް ހުށައަޅުއްވައި މިފަދަ އުޅަނދުތަކުގެ މަޢުލޫމާތު 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް މިއިދާރާއަށް ހިއްސާކޮށް އޮޑިދޯނި ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންތައްތައް ކުރުމަށް އަންގަމެވެ.

އިޢުލާންގައި ބަޔާންކުރެވިފައިވާ ތަންތަނުގައި އެތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ތަކެއްޗާއި މުދާ ބަހައްޓަމުން ގެންދާތީ އާންމުންނަށާއި މިސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އިންތިހާއަށް ދަތިވަމުން އަންނަ ކަމުގެ ޝަކުވާ މިއިދާރާއަށް ހުށައެޅެމުންދާތީ މިކަން މިގޮތަށް ނުކުރުމަށް ނަޞޭހަތްތެރިވަމެވެ.

19 ނޮވެންބަރު 2020