ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)299/299/2020/44
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:05
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީކާޑުގެ ޚިދުމަތް އަލުން ފެށުން

 

 

 

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، މިކައުންސިލުން އާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުންދިޔަ އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، އަލުން އެ ޚިދުމަތް ދޭން ފެށިފައިވާ ކަމުގައި ދަންނަވަމެވެ.

 

މި ޚިދުމަތް ދިނުމަށް މިހާރު ކައުންސިލުން ވަނީ ވަކި ދުވަސްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 12:30 އިން 14:00 އާއި ދެމެދު ޚިދުމަތް ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.

 

އަދި ދަންނަވަމެވެ. އައިޑީކާޑުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 3 މަސްދުވަސް ކުރިން ކާޑު އާކުރުމަށް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ކާޑުގެ ވެރިފަރާތުގެ އިހުމާލުގެ ސަބަބުން ކާޑު އާނުކުރެވި ދާ ދުވަސްތަކުގައި ދިމާވެދާނެ އެއްވެސް ދައްޗަކަށް މިއިދާރާއިން ޒިންމާ ނުވެވޭނެ ވާހަކަ ވެސް މިފުރުސަތުގައި ދެންނެވީމެވެ.

19 ނޮވެންބަރު 2020