ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2020/86
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 29 ނޮވެންބަރު 2020 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިމެންތިގާ އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރުމާ ބެހޭ:

އިޢުލާން 

ސިމެންތިގާ އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރުމާ ބެހޭ:

ނަޑެއްލާ އިރު ދެކުނު ފަރާތުގައި ސިމެންތިގާ އެޅުމުގެ މަސައްކަތަށް 09 ނޮވެމްބަރ 2015 އިން 09 ނޮވެމްބަރ 2020 އަށް 05 އަހަރުގެ މުއްދަތަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ 1500 އަކަފޫޓްގެ ބިމުގެ މުއްދަތު 09 ނޮވެމްބަރ 2020 ގައި ހަމަވެފައިވާތީ، އެ ބިން 01 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މި އިދާރާގެ ނަންބަރު:  418-NC/2019/45 ކައުންސިލްގެ ނިންމުމުގައިވާ ގޮތުގެމަތިން މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް 0.60 ( ފަސްދޮޅަސް ލާރި ) އެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.

  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
  2. ބިމު ކުލީގެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް އަކަފޫޓަކަށް ހުށަހަޅާ އަގު.
  3. ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
  4. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 29 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04ރަބީޢުލްއާޚިރު 1442

19 ނޮވެމްބަރ  2020

19 ނޮވެންބަރު 2020