ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް BIG IP WAF License Renewal ގަތުމަށް ކޮށްފައިވާ ނަންބަރ
IUL)164-ADMIN/1/2020/9) އިޢުލާން 10 ނޮވެމްބަރ 2020 ވަނަ ދުވަހުކޮށްފައިވާ އިޢުލާން ނަންބަރ އާއި ގުޅޭ.
10 ނޮވެމްބަރ 2020 ވަނަ ދުވަހުކޮށްފައިވާ އިޢުލާންގައި އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތަކީ 22 ނޮވެމްބަރ 2020 ދުވަހުގެ 10:30 ގައި ބަޔާންކޮފައިވާ ވަނިކޮށް އެމުއްދަތަށް ރަސްމީ ބަންދު ދުވަހެއް އައުމާއި ގުޅިގެން އިތުރު 03 ދުވަހުގެ މުއްދަތު އިތުރުކޮށްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 25 ނޮވެމްބަރ 2020 ގައި 10:00 ގައި
ވީމާ، މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
04 ރަބީޢުލްއާޚިރު 1442
19 ނޮވެމްބަރ 2020