ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS3/1/2020/135
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:57
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތަކަށް ފައިސާ ހޯދުމާއި ގުޅޭ:

2020 ވަނައަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތަކަށް ފައިސާ ހޯދުމާއި ގުޅޭ:

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2020 ވަނަ އަހަރު ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތަކާއި އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން 2020 ވަނަ އަހަރުގެ 01 ޖަނަވަރީ 2020 އިން ފެށިގެން 14 ޖޫން 2020 ގެ ނިޔަލަށް ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތް ތަކުގެ ބިލްތައް 10  ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން ފެށިގެން މެންދުރުފަހު 13:30 ގެ ނިޔަލަށް މިމިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި އީމެއިލް މެދުވެރި ކޮށް ބިލްތައް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected]  ނުވަތަ [email protected]  އަށް އީމެއިލް ކުރަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބިލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

19 ނޮވެންބަރު 2020