މަސައްކަތް
ނަންބަރު: (IUL)E-380/2020/18
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 26 ނޮވެންބަރު 2020 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢްލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

       ދ.މާއެނބޫދޫ  ކައުންސިލުންދޭ  މަޢުލޫމާތާ  އެއްގޮތަށް  މިރަށު މަސްޖިދުލް ޛިކުރާ  މިސްކިތާއި، މަސްޖިދުލް ހުދާ މިސްކިތުގައި ހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި  ކުރުމަށް ކުރެވުނު އިޢްލާން ނަންބަރު: 17/(IUL)E-380/2020

ގެ އިޢްލާންގައި ބައެއް މަޢުލޫމާތުތައް ފުރިހަމަ ނުވާތީ، އެ އިޢްލާން ބާޠިލްކޮށް ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކުރުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަސްޖިދުލް ޛިކުރާ

  •  މިސްކިތުގެ މިހުރާބުގެ ދޮރުތަކުން ފެން ލީކުވާތަންތަން ސެލްކޯންއަޅާ ރަނގަޅަށް ބެއްދުން
  •  މިސްކިތުގެ އެތެރޭގައި ފަޅައިގެން ގޮސްފައިވާ ހިރިގަލުގެ ތަނބުގެބުޑު އޭގެ އަސްލު ނުގެއްލޭގޮތަށް މަރާމާތުކުރުން
  •  މިސްކިތުގެ ހުޅަނގުފަރާތު ހަރިންމަ ފާރުގޭޓުގައި ހަރުކޮށްފައިވާ ދެ ގޭޓްބޮކި ކަރަންޓްވައިރު ރަނގަޅުކޮށް އަލުން ގޭޓްބޮކި ހަރުކުރުން
  •  މިސްކިތުގެ ގޯތިތެރޭގައިހުރި ދެ ގުދަންގެ ދޮރުފަތް ނައްޓާ އަލުން އާ ދެ ދޮރުފަތް ހަރުކުރުން
  •  ފާޚާނާ ހޮޅި މަރާމާތުކުރުން

މަސްޖިދުލް ހުދާ

  • މިސްކިތުގެ މިހުރާބުގެ ދެ ދޮރުނައްޓާ އެލްމިނިއަމްދޮރު ހަރުކުރުން
  • ފެންވަޅުގެ މަތިގަނޑު ހެދުން
  • ފާޚާނާ އެތެރޭގައި އިން ލައިޓްގެ ކަރަންޓް ވައިރިން ރަނގަޅުކޮށް ހޯލްޑަރ ބަދަލުކޮށް އާލައިޓެއް ހަރުކުރުން
  • މިސްކިތުގެ ފުރާޅުގެ އަރިމަތީގައި ޖަހާފައިވާ ނަލަފިލާގެ ހަލާކު ވެފައިވާ ޓިނުފޮތިތައް ނައްޓާ ބަދަލުކުރުން
  • މިސްކިތުގެ އެތެރޭގައި ނައްޓާފައިހުރި ކުދި ދޮރުތަކުގެ ހުޅުވަޅުތައް ބައްދާލުން
  • މިސްކިތުގެ ހަރިންމަ ފާރުގެ ދެފަރާތުގެ ގޭޓްބޮކީގެ ކަރަންޓް ވައިރު ރަނގަޅުކޮށް އަލުން ގޭޓްބޮކި ހަރުކުރުން

 މަސްޖިދުލް ތަޛުކިރަރ (ކުޑަމިސްކިތް)

  • މިސްކިތުގެ ސީލިންގްއަށް ފެންފައިބާތަން މަރާމާތުކުރުން

 އިތުރު މަޢުލޫމާތު

މި އިޢްލާން އާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވެލައްވާނަމަ، 7865651 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2020 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] ފޮނުއްވައި ދެއްވުން އެދެމެވެ.

 އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ.  އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. ޖީ.އެސް.ޓީ. ރަޖިސްޓްރޭޝަން ކޮޕީ

ރ. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ކޮޕީ

ބ. މިނިސްޓްރީ އޮފަ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮއްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

18 ނޮވެންބަރު 2020