ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)280-PLA/INDIV/2020/40
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 30 ނޮވެންބަރު 2020 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުކަން ކުރުމަށް ވަގުތީ މުވައްޒަފުންނެގުން.

   މިސްކިތު އިމާމުން / މުދިމު ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ޙާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން 1 އަހަރު ދުވަހުގެ މުއްދަތަށް (2021 ޖެނުއަރީ 1 ން 2021 ޑިސެމްބަރ 31 ށް) ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  •   މަޤާމުގެ މުސާރައާއިބެހޭ.

   މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (ފަސްދޮޅަސް އެއް ރުފިޔާ)

   ރޭންކް GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ (ފަންސާސް ތިން ރުފިޔާ)

 

  • އެލަވަންސް: ނެތް

 

   އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

18 ނޮވެންބަރު 2020