މަސައްކަތް
ނަންބަރު: (IUL)264/PRIV/2020/64
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 23 ނޮވެންބަރު 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން

     ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް ބޭނުންވާތީ އެމޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ވީމާ، ޑިޒައިން ހުށަހެޅުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާ ކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުން އެދެމެވެ.

 

މޮނިއުމެންޓްގެ ޑިޒައިން ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް:

  • މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިޒައިނެއް ކަމުގައި ނުވުން.
  • ހދ. ނޮޅިވަރަމުގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް  ކަމުގައިވުން.
  • މި މުބާރާތަށް ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
  • އެހެން މޮނިއުމެންޓެއް އަސްލަކަށް  ބަލައިގެން ފަރުމާކުރާނަމަ އެމޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.
  • ނޮޅިވަރަމުވަންތަކަން  ރަމްޒުކޮށްދިނުން

 

ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

  • މޮނިއުމެންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
  • ޑިޒައިން ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ.

 

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:

  • މޮނިއުމެންޓެގެ ޑިޒައިންގައި “NOLHIVARAN” އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
  • މޮނިއުމެންޓްގެ އަކުރު ތަކުގެ ފޮންޓުގެ ގޮތުގައި ބޭނުން ކުރަންވާނީ ކިޔާލަން ފަސޭހަ އަދި ރީތި ފޮންޓެވެ.
  • މޮނިއުމެންޓްގެ މުޅި އަކުރު ތަކުގެ ސައިޒަކީ (10.2 ފޫޓް ދިގު، އަކުރެއްގެ ބޯމިން 2 އިންޗް)
  • މޮނިއުމެންޓް ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.

 

  • ހުށަހަޅާ ޑިޒައިނަކީ މޮނިއުމަންޓް ހެދުމުގައި އާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށްވާންވާނެއެވެ.
  • މޮނިއުމެންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
  • ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ނޮޅިވަރަމާއި ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ބައިވެރިވާ ފަރާތްތަކަށް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.

 

ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

  • މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، ނޮޅިވަރަމު ކައުންސިލުން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
  • ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ. 

 

އެއްވަނައަށް ހޮވޭ ޑިޒައިން:

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/5000  ( ފަސްހާސް ) ރުފިޔާއެވެ.
  • އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، ނޮޅިވަރަމު ކައުންސިލްގެ އިދާރާ އާ ހަވާލުކުރަންވާނެއެވެ.

 

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް :

  • މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް 23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު މިއިދާރާއަށް މެއިލް ކުރަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

 

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

18 ނޮވެންބަރު 2020