މަސައްކަތް
ނަންބަރު: (IUL)257/257/2020/57
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 02 ޑިސެންބަރު 2020 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ހުރި މަގުބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށުގައި މިހާރު ޖަހާފައިވާ މަގުބައްތިތައް ކޮންޓްރެކްޓް އުސޫލުން އެއް އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

      މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރު 2020 ވާ އަންގާރަ ދުވަހު 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 02 ޑިސެމްބަރު 2020 ވާ ބުދަ ދުވަހު 13.00 އަށް މަސައްކަތްތައް ކުރެވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. އަދި މިއިދާރާއިން ކުރި ނަމްބަރު: (IUL)257/257/2020/51  ( 21 އޮކްޓޯބަރު 2020 ) އިއުލާނާގުޅިގެން ހުށަހެޅި އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ، އެއިއުލާން ވަނީ ބާޠިލްކުރެވިފައެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

       03 ރަބީޢުލްއާޚިރު 1442

       18  ނޮވެމްބަރު  2020 

18 ނޮވެންބަރު 2020