ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލަމެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ދާއިމީ ސަބް ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު: |
|
އަސާސީ ޝަރުތުތައް:
|
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް:
|
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ ކޮމިޓީއަކާ ގުޅޭ ދާއިރާއަކުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމާއި، އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ ޒިންމާތައް އަދާކުރުން. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށައެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ. ގޫގްލް ފޯމް އެޕްލިކޭޝަން: https://forms.gle/oHy8PQEtSihkiKBS8 |
ސުންގަޑި: |
6 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.