ޢާންމު މަޢުލޫމާތު
ނަންބަރު: 2020/008
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 31 ޑިސެންބަރު 2020 15:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކުޅުންތެރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގައި ރަޖިސްޓްރީވުން

ކްރިކެޓް ގެ ހަރަކާތްތައް ރާއްޖޭގައި ހިންގާ ފުޅާ ކުރުމަށާއި، ކުޅުންތެރިންނާއި ކްލަބްތަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ދެމުން ގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގައި ކްރިކެޓް ކުޅޭ ހުރިހާ ފަރާތްތައް 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މި ބޯޑުގައި ރަޖިސްޓްރީ ކުރާގޮތަށް ހަމަޖައްސައިފީމެވެ. އަދި މިގޮތަށް ހަމަޖެހުމާއި ގުޅިގެން، މި ބޯޑުން ރާވާ ހިންގާ ކްރިކެޓް ގެ ޙަރަކާތްތަކުގައި ބައިވެރިވެ، އަދި ވަސީލަތްތައް ބޭނުން ކުރެވޭނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވެފައިވާ ކުޅުންތެރިންނަށެވެ.

ކުޅުންތެރިން ރަޖިސްޓްރީވުމުގެ ކަންތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާނީ ގޫގަލް ފޯމް މެދުވެރިކޮށެވެ. މި ފޯމް ބޯޑުގެ ވެބްސައިޓުން ލިބިލައްވާނެއެވެ. ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ދަތިވާ ފަރާތަތަކަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީހުން ލިބިލައްވާނެއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީސް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވެހެއްގެ ހެނދުނު 9:00 – 15:00 އަށެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

އީމެއިލް: [email protected]

ވެބްސައިޓް: www.maldivescricket.org

16 ނޮވެންބަރު 2020