ދިވެހިރާއްޖެ
އިޢުލާން
އދ.އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ސެޓަޕް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ކައުންސިލްގެ ފަރާތުން އދ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ސެޓަޕް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)234-C/234/2020/16) ތ (09 ސެޕްޓެންބަރު 2020) އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކުގެ ބައެއް މަޢުލޫމާތު ފުރިހަމަނުވުމާއި، އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެލައްވާ ފަރާތްތައް 18 ނޮވެންބަރު 2020 ވާ ބުދަ ދުވަހުން ފެށިގެން 23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ރިސެޕްޝަނަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރެޖިސްޓަރވެލައްވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރކޮށްފައިވާ ފަރާތްތަކާއެކު 24 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި އޮންލައިންކޮށް ބާއްވާ ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ބަޑުތަކުރުފާނު މަގު، 4 ވަނަ ފަންގިފިލާ، ކިޔެވެލި މާލަމަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 09 ޑިސެންބަރު 2020 ވާ ބުދަ ދުވަހު 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބޭއްވޭ އޮންލައިން ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ފޯނު ނަންބަރު: 6680507 އަށް ގުޅުއްވުމަށް އެދެމެވެ.
1 ރަބީޢުލްއާޚިރު 1442
16 ނޮވެންބަރު 2020
(ސޮއި)
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް