ދިވެހިރާއްޖެ
މި ސްކޫލް ސިކިއުރިޓީ ބަލަހައްޓާނެ ފާރަވެރިން ހޯދުމާ ބެހޭ
މިސްކޫލުގެ ސިކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށައެޅުމުގެ ޝައުގުވެރިވެލައްވާ ފަރާތްތަކުން އއ. ހިމަންދޫ ސްކޫލަށް ރަޖިސްޓަރ ކުރަންވާނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުމަށް އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 19 ނޮވެންބަރ 2020 އާއި ދެމެދު ތިރީގައިމިވާ ލިންކް މެދުވެރިކޮށް ފޮނުވުމަށް އެދެމެވެ. މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.
https://forms.gle/HP9UysmpVkGror8C8 ލިންކް:
ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު މިސްކޫލް ނަންބަރ 6660842 ނުވަތަ 9826375 އެޑްމިން އޮފިސަރ ރާތިފާ ޙުސެއިން އާ ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.
ޕްރީބިޑް ބައްދަލުވުން
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 19 ނޮވެންބަރ 2020 ވާ (ބުރާސްފަތި) ދުވަހު ގެ 11:00ގައި ހިމަންދޫ ސްކޫލްގައެވެ.
ބިޑް ހުށައެޅުން
މިމަސައްކަތުގެ ބިޑު ހުށައެޅުން އޮންނާނީ 25 ނޮވެންބަރ 2020 ވާ (ބުދަ) ދުވަހުގެ 11:00ގައި ހިމަންދޫ ސްކޫލްގައެވެ. މިގަޑީގެ ފަހުން ހުށައަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ. ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތަކަށާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެއެވެ.
އިތުރު މައުލޫމާތު ސާފުކުރުން
އިތުރު މައުލޫމާތު ސާފުކުރުމަށް 19 ނޮވެންބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިވާ އީމެއިލްއަށް ފޮނުއްވުމަށް އެދެމެވެ.