ވަޒީފާގެ ފުރުޞަތު
ނަންބަރު: HMC-A1/2020/01
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 26 ނޮވެންބަރު 2020 00:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު:HMC – A1/2020/01

ތާރީޚް: 16 ނޮވެމްބަރ 2019

މަޤާމު

ހައުސްކީޕަރ (ވަގުތީ)

މުއްދަތު: އިޢުލާންކޮށްގެން މުވައްޒަފު ހަމަޖެހޭ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ މުއްދަތު (ޗުއްޓީގައި ހުރި މުވައްޒަފު ނުކުންނަވަންދެން)

ރޭންކް: އެސް.އެސް 1

ޢަދަދު

1‌

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

މަސައްކަތްކުރަންޖެހޭ ތަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

3,100/- ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 1,550/- (އަސާސީ މުސާރައިގެ %50)

-          ސަރވިސް އެލަވަންސް: 1,000/-

-          ލިވިންގ އެލަވަންސް: 3,000/-

-          ކަނޑައެޅިފައިވާ އުޞޫ©ލުން އިތުރު ގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1-      ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތުތައް

1-      ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-      ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ހުޅުމާލެ މެޖިސްޓްރޭޓުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ޢިމާރާތުގެ އެތެރޭގަޢި އަދި ބޭރުގަ ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން. 
  • ހުޅުމާލެމެޖިސްޓް ކޯޓުން އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް  ފަރުވާތެރި ކަމާއެކު ޙަވާލުކުރުން.
  • ފާޚާނާތައް ދޮވެ ސާފުކުރުމާއި، އަދި ފާޚާނާތަކަށް ބޭނުންވާ ޓިޝޫއާއި، އެނޫންވެސް ތަކެތި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކޮށް ބެލެހެއްޓުން.
  • އަދި މިނޫންވެސް ކޯޓުން މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2020 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓްގެ ވެބްސައިޓް: http://hulhumale.courts.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3350577, 3350578
  • ·         ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު މިކޯޓްގެ މެއިލް އެޑްރެސްއަށް މެއިލް ކޮށްދެއްވުމަށް ދެންނެވީމެވެ. [email protected]       
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ: %35
  • އިންޓަރވިއު: 35%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ރަސްމީ ގަޑިއަޢި، ނުރަސްމީ ގަޑީގައި ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި، މަސައްކަތަށް ވަގުތުދެވޭނެ، ފަރާތަކަށްވުން.
  • މެޖިސްޓްރޭޓް ކޯޓުތަކާއި، ވިލިނގިއްޔާއި، ހުޅުމާލޭގައި ހުންނަ ޝަރުޢީދާއިރާގެ އިމާރާތްތަކުގެ މަސައްކަތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

 

16 ނޮވެންބަރު 2020