ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2020/142
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 03 ޑިސެންބަރު 2020 09:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޖަމާޢަތު މިސްކިތުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަމްބަރ: (IUL)266/266/2020/116 (20 އޮކްޓޯބަރ 2020) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނެތުމުން އަލުން އިޢުލާން ކުރަމެވެ.

ކުޅުދުއްފުށީ ޖަމާޢަތު މިސްކިތުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 (ހޯމަ) ދުވަހުން ފެށިގެން 25 ނޮވެމްބަރ 2020 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 26 ނޮވެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 09:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 3 ޑިސެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 09:00ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

15 ނޮވެންބަރު 2020