މަސައްކަތް
ނަންބަރު: (IUL)393/393/2020/41
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 24 ނޮވެންބަރު 2020 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިޖެހުމަށް ބޭނުންވާ ހޮޅިދަނޑިތަކެއް ހެދުމާބެހޭ

އިޢުލާން

މަގުބައްތިޖެހުމަށް ބޭނުންވާ ހޮޅިދަނޑިތަކެއް ހެދުމާބެހޭ

           

ކިނބދޫގެ މަގުތަކަށް އަލިކުރުމަށްޓަކައި ކައުންސިލުން ހިންގާ ޕްރޮގްރާމްގެދަށުން ތަކެތި ދިނުމުން މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް  60 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

           ވީމާ، މިމަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާބެހޭ މަޢުލޫމާތު ޝީޓު 22 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް މި އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. އަދި  މަޢްލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 23 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގައި އޮންނާނެއެވެ.  އެސްޓިމޭޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 24 ނޮވެމްބަރ 2020 ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާއަށެވެ. އެސްޓިމޭޓް ކެނޑުމަށް ހަމަޖެހިފައިވަނީ އެސްޓިމޭޓް ހިއްޕަވައިގެން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

           އެސްޓިމޭޓް ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މަސައްކަތަށް އެސްޓިމޭޓް ހުށަހެޅެނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެސްޓީމޭޓް ހުށަހެޅުމަށް ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ އެސްޓިމޭޓް  ހުށަހަޅާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

              30 ރަބީޢުލްއައްވަލް 1442

              16 ނޮވެމްބަރ    2020

16 ނޮވެންބަރު 2020