ނީލަން
ނަންބަރު: (IUL)113-PRC/1/2020/77
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 23:40
ސުންގަޑި: 25 ނޮވެންބަރު 2020 13:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ވެސެލް ރިޕެއަރ ޔާޑުގައި އެހެލާފައިވާ 16 ނަންބަރު ހެޗް ބާޖު ވިއްކާލުމާއި ގުޅޭ

މިކުންފުނީގެ ތިލަފުށި ވެސެލް ރިޕެއަރ ޔާޑުގައި އެހެލާފައިވާ 16 ނަންބަރު ހެޗް ބާޖު (ރެޖިސްޓްރީ ނަމްބަރު:C3143A-30-10-T) ވިއްކާލަން ބޭނުންވެއެވެ. ވީމާ، މި ބާޖު ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބާޖު ބެއްލެވުމަށްފަހު، 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 އަށް މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއެއްވުން އެދެމެވެ.   

މުދާ (ބާޖު) ބެލުން:

22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 15:00 ގައި/ ތިފުށީ ވެސެލް ރިޕެއަރ ޔާޑުގައި.

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތާއި ހުށައަޅަން ޖެހޭ ލިޔުން:

  • ބާޖު ގަންނަ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު / އީމެއިލް އެޑްރެސް
  • ހުށައަޅަން ޖެހޭ ލިޔުންތައް: އަމިއްލަފަރާތެއް ނަމަ އައިޑީކާޑް ކޮޕީ އަދި ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީ

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރާނެ މިންގަޑު:

ޕޮއިންޓް ދިނުން: އަގަށް – 100 މާރކްސް

 

ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ ވާ ބުދަ ދުވަހުގެ 13:30 ގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ހެޑްއޮފީހުގައި، މިތަކެތި ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގުހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއަށް ލިބިގެންވެއެވެ.
  • ބާޖުބެލުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުންވެސް ބާޖުގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގު ހުށައެޅުއްވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

       ފޯނުނަންބަރ:3039255 އެވެ. އީމެއިލް ކުރައްވާނީ: [email protected]  

15 ނޮވެންބަރު 2020