މަސައްކަތް
ނަންބަރު: (IUL)236-IED/236/2020/15
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 26 ނޮވެންބަރު 2020 13:15
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ވެބްސައިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން.

     މި އިދާރާއިން ދޭ ނަމޫނާ އާ އެއްގޮތަށް މި އިދާރާގެ ވެބްސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

     މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

     ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިލައްވާ ފަރާތްތަކުން 2020 ނޮވެންބަރ 16 އިން 2020 ނޮވެންބަރ 19 ވަނަ ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 6720600 ނުވަތަ 7612483 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

     އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މަތީގައި ދެންނެވިފައިވާ ނަންބަރުތަކާއި ގުޅުއްވައިގެން  ހޯއްދެވުމަކީ ބީލަމަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

     ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2020 ނޮވެންބަރ 19 ވަނަ ދުވަހުގެ 13:15 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލްވުމުގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ނޮވެމްބަރ 26 ވަނަ ދުވަހުގެ 13:15  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2020