މަސައްކަތް
ނަންބަރު: (IUL)GS-130/22/2020/5
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 24 ނޮވެންބަރު 2020 10:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

  • 2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ  2020ނޮވެމްބަރ 15 އިން 2020ނޮވެމްބަރ 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2020 ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

 

  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 24 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހިތާދޫ ސްކޫލް
  • ބ. ހިތާދޫ، ދިވެހިރާއްޖެ.
  • ފޯން: 6600314
  • އީ-މެއިލް: [email protected]
09 ނޮވެންބަރު 2020