ދިވެހިރާއްޖެ
ނަންބަރު: 44/2020
އިޢުލާން
ތ.އަތޮޅުމަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަދި ރަސްމީޔުނީފޯމްގެ ޓައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
2021 ވަނައަހަރު މިމަދަރުސާގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު އަދި ރަސްމީޔުނީފޯމްގެ ޓައި ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުމަތިން މިމަދަރުސާއަށް ހާޟިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުމުގެ ސެޝަން |
ތ.އަތޮޅުމަދަރުސާ |
24 ނޮވެމްބަރ 2020 (އަންގާރަ) |
10.30 |
އަންދާސި ހިސާބު ހުށަހެޅުން |
ތ.އަތޮޅުމަދަރުސާ |
02 ޑިސެމްބަރ 2020 (ބުދަ) |
10.30 |
މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރަން ހާޟިރުވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީ ގެންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.