ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/1/2020/43
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 22:48
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމުގާ މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރު ކުރުން.
އިޢުލާން
15 ނޮވެމްބަރ 2020 އިން ފެށިގެން މިމުއައްޞަސާއިން ދެމުންދާ ތިރީގައި މިދަންނަވާ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އެދި ހުށަހަޅާނީ މި މުއައްޞަސާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށެވެ.
- ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން މިމުއައްޞަސާއަށް އެކިއެކި ކަންކަމުގައި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް. އޮންލައިން ޕޯރޓަލް ތަޢާރަފު ކުރެވުނު ކަމުގައި ވީ ނަމަވެސް، މިހާރު ވެސް އަމަލު ކުރަމުން ދާ ގޮތުގެ މަތީން ޑްރޮޕް ބޮކްސް މެދުވެރިކޮށް ސިޓީ ހުށަހެޅުމަށް ހަމަޖެހިފައިވާ އުޞޫލުން ސިޓީ އާއި ލިޔެކިއުން ހުށަހެޅޭނެ ކަމުގައި ދެންނެވީމެވެ.
- ކަނޑުމަގުން ދަތުރުކުރާ އުޅަނދުފަހަރަށް ސައިން – އޮން ވުމާއި، އުޅަނދުފަހަރުން ސައިން – އޮފް ވުމާއި އަދި ކްރޫ ޓްރާންސްފަރ ޚިދުމަތް ޕޯރޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން، ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ޚިދުމަތަށް އެދިލެއްވި ފަރާތްތަކަށް އެދިލެއްވި ޚިދުމަތާއި ގުޅޭ ގޮތުން ދެން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެވޭނެއެވެ.
- ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާ އެޕްލިކޭޝަން ފޯމާއި، ރައްޓެހީންނަށް ޒިޔާރަތް ކުރުމަށް ނުވަތަ ޑިޕެންޑެންޓުންގެ ގޮތުގައި އަންނަ ފަރާތްތައް ނުވަތަ ދިވެއްސަކާއި ކައިވެނި ކުރުންފަދަ ބޭނުންތަކަށް ރާއްޖެ ގެންނަ ފަރާތްތައް ގެނައުމަށް ސްޕޮންސަރޝިޕް ޑިކްލަރޭޝަން ފޯމު ހުށަހެޅުން. ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން، ޚިދުމަތަށް އެދުނު ފަރާތްތަކުން ހުށަހެޅި އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު، އަމަލް ކުރަންވީގޮތް ޕޯޓަލް މެދުވެރިކޮށް އަންގައިދެވޭނެއެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ހިދުމަތް ތަޢާރަފު ކުރުމާއިގުޅިގެން [email protected] މެއިލް މެދުވެރިކޮށް ދެމުންދިޔަ ޚިދުމަތްތަކަށް އެދެމުންދާނީ އޮންލައިން ޕޯރޓަލް މެދުވެރިކޮށެވެ. 11 ނޮވެމްބަރ 2020 ގެ ކުރިން ވިޒާ އައުކުރުމަށް އަދި މެއިލް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ލިޔެކިއުންތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ކުރިއެކޭ އެއްގޮތަށް ޕްރޮސެސް ކުރެވޭނެ ވާހަކަދެންނެވީމެވެ.
ވީމާ، މިވާހަކަ ދެންނެވީމެވެ.
10 ނޮވެންބަރު 2020