ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ރަށުގެ އުތުރު ފަރާތާއި ދެކުނު ފަރާތު ގެސްޓް ބީޗްގައި ކުރެހުމާއި އެއްގޮތަށް 5 ހަޓް އަމިއްލަ ތަކެތީގައި ހަދައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
19 ނޮވެންބަރު 2020 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
22 ނޮވެންބަރު 2020 |
އާދީއްތަ |
11:00 |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.