ދެންނެވުން
ނަންބަރު: GS-189/IUL/2020/007
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 25 ނޮވެންބަރު 2020 10:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
2021ވަނަ އަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

 

މާމެންދޫ ސްކޫލް          

 ލ.މާމެންދޫ                                                         

                                                                                              ނަންބަރ: GS-189/IUL/2020/07

 

އިޢުލާން


2021 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

             01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ  18 އަދި 19  ވަނަ ދުވަހު 9:00 އިން 12:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.

             އަދި މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020ނޮވެމްބަރ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

             ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ އަކާއި އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ޙާޟިރުވާ ފަރާތުގެވެސް އައިޑީކާޑާއި ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

             ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 25 ވާ ބުދަ ދުވަހު 10:00 ގައެވެ.

އިތުރު މަޢުލޫމާތު 6800549 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލްއަކީ [email protected]  އެވެ.

                24 ރަބީއުލްއައްވަލް 1442

                10  ނޮވެމްބަރ 2020       

10 ނޮވެންބަރު 2020