މަސައްކަތް
ނަންބަރު: 451-FP/1/2020/15
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 19 ނޮވެންބަރު 2020 14:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި މިއިންސްޓިޓިއުޓުގެ އައު އޮފީސް އިމާރާތުގެ ތިން ފްލޯގައި ޕާޓިޝަން ޖެހުމާއި ކަރަންޓް ވަޔަރ ކުރުމާއި ނެޓްވޯކް ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް.

މި މިއިންސްޓިޓިއުޓުގެ އައު އޮފީސް އިމާރާތުގެ ތިން ފްލޯގައި  ޕާޓިޝަން ޖެހުމާއި ކަރަންޓް ވަޔަރ ކުރުމާއި ނެޓްވޯކް ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް.

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  

މިއިންސްޓިޓިއުޓްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އައު އޮފީސް އިމާރާތުގެ ތިން ފްލޯގައި ޕާޓިޝަން ޖެހުމާއި ކަރަންޓް ވަޔަރ ކުރުމާއި ނެޓްވޯކް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު 451-FP/451/2020/1 އިޢުލާންގެ މަޢުލޫމާތައް ގެނެވުނު ބަދަލްތަކާއި ގުޅިގެން އެއިޢުލާން ބާތިލްކުރުމަށްފަހު 2ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް10ނޮވެމްބަރު 2020 އިން ފެށިގެން 19 ނޮވެމްބަރު 2020 ގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  •  ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 2020 ނޮވެމްބަރު 22 ވާ އާދިއްތަ ދުވަހުގެ 13:00ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް  (ޤާޒީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) ގައެވެ.

 

ރަޖިސްޓްރޭޝަން ފޯމްގެ ލިންކް:       https://forms.gle/zRAx65rZv2kKLUfE7

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10ނޮވެމްބަރު 2020 އިން ފެށިގެން 19 ނޮވެމްބަރ 2020  ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯނުން ނުވަތަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ  29 ނޮވެމްބަރު 2020  ވަނަ ދުވަހު 10:00 ދުވަހުގެ ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން

ޤާޒީބިލްޑިންގ 02 ވަނަ ފަންގިފިލާ

އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3023513

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް:   [email protected]

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ   އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3023513 ނަމްބަރ ފޯނަށެވެ.

10 ނޮވެންބަރު 2020