ދިވެހިރާއްޖެ
މި އިދާރާގެ އުޅަދުތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)230-AHI/230/2020/17 ( 19 އޮކްޓޯބަރ 2020 ) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއަންދާސީ ހިސާބު ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2020 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާސް ނެންގެވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބުހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 10:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިކައުންސިލުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވިޔަފާރި އަދި ކުންފުނިތަކަށެވެ. ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުޅުވުމުގެ ބައްދަވުމަށް ވަޑައިގަންނަވަންވާނީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ދަޢުލަތުގެ ލިޔުމަކާއެކުގައެވެ. އަދި ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެބޭފުޅަކީ ބީލަން ހުށަހަޅާ ފަރާތުން ފޮނުވާ ބޭފުޅެއްކަން އަންގައިދޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.