ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2020/64
އިޢުލާން
ވަޒީފާގެ ފުރުޞަތު
މުނިސިޕަލް ސަރވިސް އޮފިސަރ |
މަޤާމް: |
|
J-292949 |
މަޤާމުގެ ނަންބަރު: |
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
|
ދާއިމީ |
މަޤާމުގެ ގިންތި: |
|
އެމް.އެސް 2 |
މަޤާމުގެ ރޭންކް: |
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
|
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން |
|
މަހަކު 6295.00 (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ) |
މުސާރަ: |
|
މަހަކު 2,000.00 (ދެހާސް ރުފިޔާ) |
ސަރވިސް އެލެވަންސް: |
|
މަޤާމުގެ ކޯ ދާއިރާ އިން ތަޢުލީމު ޙާޞިލްކޮށްފައިވާނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސް -/900 (ނުވަ ސަތޭކަ ރުފިޔާ) |
އެހެނިހެން އެލަވަންސް: |
|
1 ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި، އުޅަނދުފަހަރާއި، މަގުތަކާއި ޕާކުތަކާއި މިފަދަތަންތަނަށް ނަންދިނުމާއި، ރަށުގެ މަގުހެދުމާއި، މަގުކޮށުމާއި މަގުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މަގުތައް ބޭނުން ކުރުމަށް އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ހުއްދަތައް ދިނުމާއި ގަވާއިދާ ޚިލާފަށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 2 ޕްރީސްކޫލް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކައުންސިލުން ބޭއްވުމަށް ނިންމަވާ އެކިއެކި މުބާރާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ރާވާހިންގުން 3 އިޖްތިމާޢީ މަރުކަޒުތާކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، މިތަންތަނުގެ ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުން 4އިޖްތިމާޢީސަރަޙައްދުތައްކުނިކަހާސާފުކުރެވޭނެއިންތިޒާމްހަމަޖެއްސުމާއި،އިޖުތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ހަވާލުކޮށްފައިވާ ސަރހައްދުތައް، ކައުންސިލުން ކަނޑައަޅާފައިވާ މިންވަރާއި ފެންވަރަށް މަސަކަތްކުރޭތޯ ބަލައި މޮނިޓަރ ކުރުމާއި، ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އިދާރީ މަސައްކަތްތައް ކުރުން 5 މިސްކިތްތަކަށް ލިބޭ ގެއްލުންތައް ބަލާ، މަރާމާތު ކުރަންޖެހޭ ކަމެއްހުރިނަމަ ޒިންމާދާރުވެރިޔާގެ ސަމާލުކަމަށް ގެނެސް، ކައުންސިލްގެ އަންގާ ގޮތެއްގެ މަތިން ކުރުން 6 ރަށުގެ ޗާޓުކުރެހުމާއި ބިން ބޭނުންކުރާނެގޮތުގެ ޕްލޭންހެދުން. 7 ރަށުން ދޫކުރާ ބިންތައް ދޫކުރުމުގެ މަސައްކަތްތައް ކައުންސިލްގެ ލަފާގެ މަތިންކުރުން 8 ބިމާއި ޢިމާރާތްތަކުގެ ރަޖިސްޓްރީ ހެއްދުމާއި (ގޯތީގެ ރަޖިސްޓްރީ ހެދުމާއި، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުން) ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތް ކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން. 9 ލޭންޑްޔޫސް ޕްލޭންގައިވާ ގޮތުގެމަތިން އެކި ކަންކަމަށް ބިންދޫކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ހޯދުމާއި، ބިމާއިބެހޭގޮތުން ކުރަންޖެހޭ އިދާރި މަސައްކަތްތައް ޒިންމާދާރުވެރިޔާ / ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން ކުރުން . 10 މަގުހިނގާ މީހުންނަށާއި، ދުއްވާތަކެއްޗަށް އުނދަގުވާގޮތަށް ހުންނަ ތަކެތި އަދި ރުއްގަސް ނެގުމާއި މަގަށް ފެންއެޅޭގޮތަށް ދޫކޮށްފައިވާ ދިޔަދޮވި ތަކުގެ މައްސަލަތައް ހައްލުކުރުން. 11 އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި ވިހާމަރުވާގެ ރެކޯޑް ބެލެހެއްޓުން 12 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ ގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 13 ކައުންސިލުން ބަލަހައްޓަމުން ގެންދާ އާންމު ފެންހަންތަކަށް ރައްކާތެރިގޮތުގައި ފެންނެގުމާއި ފެން ދޫކުރުމާއި ފެންހަންތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން 14 އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގެވެށިއަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ، އެފަދަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 15 ރަށުގެ ތިމާވެއްޓާއިގުޅޭ ކަންތައްތައް ރާވާ ހިންގުމާއި އޭގެ ރެކޯޑްތައް ބެލެހެއްޓުން. 16 ޕްރައިމަރީ ހެލްތުކެއަރ އާއި އާންމު ޞިއްޙީ ރައްކާތެރިކަމާއިގުޅޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން. 17 ރަށު ފެންވަރުގައި ރައްކާތެރި ގޮތުގައި ކުނިނައްތާލުމަށް ކުރަންޖެހޭ އިންތިޒާމްތައް ކުރުމާއި ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ކަންކަން ބެލެހެއްޓުމާއި، ކުނި ނައްތާލުމުގެ ނިޒާމް ރާވާ ހިންގުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން 18 ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި، އެކަމަށް އެކަށަ އަޅަންޖެހޭ ޤަވާޢިދުތައްހަދާ ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 19 ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ނުވަތަ ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން އައްޔަނުކުރާ މިނޫން ކޮމިޓީތަކުގައި ބައިވެރިވެ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން 20ކައުންސިލްގެ އަހަރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައްހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ތަޢުލީމީ ރޮނަގުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން އާބަން ސްޓަޑީޒް (ކޯ ދާއިރާ) |
މަޤާމުގެ ޝަރުޠުތައް: |
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|
ތަމްރީން ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާން މަގާމުގެ މަސައްކަތުގެ ތަޖުރިބާ އިންޓަވިއު |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ނޮވެމްބަރ 26 އާއި 7 ޑިސެމްބަރ 2020އާއި ދެމެދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސއިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް) ޢާންމުކުރުން |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|