ކުއްޔަށް ދިނުން
ނަންބަރު: (IUL)394/394/2020/57
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 30 ނޮވެންބަރު 2020 10:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫ ސްޕޯރޓްސް އެރީނާގައި ހުރި ރުއްގަސް ކުއްޔަށް ދިނުމާއި ބެހޭ.

                           މިރަށު ސްޕޯރޓްސް އެރީނާގައި ހުރި ރުއްގަސް 1 އަހަރު ދުވަހަށް ކުއްޔަށްހިފަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                           ވީމާ، މިކަމަށް ޝާޢުޤުވެރިވެލައްވާ ފަރާތްތަކުން، 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކުއްޔަށް ހިފަން ބޭނުންވާ އަގު ބަޔާންކޮށް 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2020