ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2020/04
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 23 ނޮވެންބަރު 2020 12:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

މި ކޯޓުގެ ނަންބަރު (IUL)435-A4/2020/02 (28 ޖަނަވަރީ 2020) އިޢުލާނުކޮށް މުވައްޒަފަކު ހަމަނުޖެހި ގިނަދުވަސްވެފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އެމަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2020/04

ތާރީޚް: 10 ނޮވެންބަރު 2020

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު

01

ރޭންކް: JS12-2

ސެކްޝަން/ޔުނިޓް

 ޝަރުޢީ ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

އަސާސީ މުސާރަ

 9,412/-ރުފިޔާ

އެލަވަންސް

-          ސަރވިސް އެލަވަންސް -/3,000 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

މައިގަނޑު މަސައްކަތް

-          ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް އެމައްސަލަތައް ބަލައިގަނެ ރަޖިސްޓްރީކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރ އަށް އެހީތެރިކަން ފޯރުކޮށްދިނުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ފިޔަވަޅުއެޅުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން.

-          ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަންފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓްތައްޔާރުކުރުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓުގެ އިސްޤާޟީގެ މަޝްވަރާގެ މަތިން ކުރުން.

-          ކޯޓުން ނެރޭ ސަރކިއުލަރ ޢާއްމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން.

-          ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާއި ގުޅޭ ޝަރުޢީ މުހިއްމު ނިންމުންތައް ދިރާސާކޮށް ހޯދައި ޤާޟީންނަށް އެރުވުން.

-          ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.

-          ކޯޓުން ހަދާ ޤަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރުން.

-          ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

-          މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

-          މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި ޤާޟީންނަށް އެހީތެރިވެދިނުން.

-          ޤާޟީންގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1-   ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.)

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރިޑޭޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

ސުންގަޑި

23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-          އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

ނޯޓް:

މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

       

 

 

10 ނޮވެންބަރު 2020