ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)483/1/2020/1014
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 18 ނޮވެންބަރު 2020 13:00
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ލީގަލް

 މަގާމު:

 ޑިރެކްޓަރ، ލީގަލް

 ބޭނުންވާ އަދަދު:

 1 އެކެއް

 ވަޒީފާގެ ބޭނުން:

 ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީހުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތަކާއި ތަހްޤީޤީ   މަސައްކަތްތައް ކުރުން

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒީފާ އަދާ   ކުރަންޖެހޭ ތަން:

 ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީސް

 މުސާރަ:

 -/13،650ރ

 އެހެނިހެން   އެލްވަންސްތައް:

 ސާރވިސް އެލަވަންސް -/3،500ރ

 ލިވިންގ އެލަވަންސް -/3،000ރ

 ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 ވަޒީފާއަދާކުރަންޖެހޭ   ސެކްޝަން:

 ކޮމްޕްލޭންޓްސް އެންޑް އިންވެސްޓިގޭޝަންސް

 މަޤާމުގެ ޝަރުތު: 

 

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ޤާނޫނީ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 މަގާމުގެ   މަސައްކަތަށް   ބޭނުންވާ އެހެނިހެން   ސިފަތައް:

 

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން.
  4. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  5. އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
  6. މި ދާއިރާއާއި ގުޅުންހުރި ހުރިހާ ޤާނޫނަކާއި ޤަވާއިދަށް އަހުލުވެރިވެފައިވުން.
  7. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.
  8. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  9. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.

 

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތައް:

  1. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޙަރަކާތްތެރިވާ އިދާރާ ނުވަތަ މުވައްޒަފުން/މުވައްޒަފަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު ތައް އެކަށައަޅާ، ކުރާނެ ގޮތްރާވާ، ތަހުގީގު ކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.
  2. ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކުގެ މުވައްޒަފުންނާބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާނެ އުސޫލުތަކާ އެއްގޮތަށް މައްސަލަތައް ބަލައި، ތަޙްޤީޤްކޮށް، އެކަންތައްތަކާބެހޭ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  3. ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތްތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، އެކަންކަން އާންމުކުރުން.
  4. ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންނާއި ގުޅިގެން އަންނަ ޝަކުވާތައް ބަލައި ތަހުގީގު ކުރުމަށްފަހު، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ އެންމެހާކަންތައް މޮނިޓަރ ކޮށް ބެލެހެއްޓުން.
  5. ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކޮށް އެކުލަވާލާ ރިޕޯޓްތަކާގުޅިގެން ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ހުރި އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރުމަށް އެކަންކަމާބެހޭ އިދާރާތަކަށް ލަފާ އެރުވުން.
  6. މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރަންޖެހޭ ކަންތައްތަކަށް އިސްނަގައިގެން (ލީޑަރޝިޕް ރޯލެއް އަދާކޮށް) އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  7. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  8. ޗިލްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގެ މެންޑޭޓްގެ ދަށުން ހިންގާ މަސައްކަތްތަކުގެ އެސްއޯޕީތައް އެކުލަވާލުމާއި، އާންމުކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  9. ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމުގައާއި، އެފަދަ ކަންކަމާގުޅިގެން ޗިލްރަންސް އޮމްބަޑްސްޕާރސަން އޮފީހުގެ ދަށުން ހިނގަމުންދާ އެންމެހާ ކަންކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.

 ވަޒީފާއަށް އެންމެ   ޤާބިލް ފަރާތެއް   ހޮވުމަށް ބެލޭނެ   ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.

 

 ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 ސުންގަޑި:

 މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 18 ނޮވެންބަރު 2020 ވާ ބުދަ ދުވަހުގެ   މެންދުރު 13.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް   ކުރެއްވުން އެދެމެވެ.

 

 ނޯޓް:

  • ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ޗިލްރަންސް އޮމްބަޑްޕާރސަންގެ އޮފީހުގައެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަމްބަރާ ގުޅުއްވުން އެދެމެވެ.

 

09 ނޮވެންބަރު 2020