ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)120/1/2020/47
އިޢުލާން
2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 2020 ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށް، މި ޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ.
ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ ވެބްސައިޓު www.dpe.edu.mv އިން ވެސް ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމާއި ފައިސާ ބަލައިގަންނާނީ ހަމައެކަނި މި ޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ.
21 ރަބީޢުލްއައްވަލް 1442
07 ނޮވެންބަރު 2020
cscnwxEnimEzcgea ckilcbwp cfoa cTcnwmcTWpiD |
|
ejcaWrihevid ,elWm |
|