ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/SDFC-HR/2020/29
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި:
19 ނޮވެންބަރު 2020 14:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (މަސައްކަތު)
މި އިޢުލާންވަނީ 02 ޑިސެންބަރު 2020 08:42 ގައި ބާތިލް ކުރެވިފައެވެ.
ބޭނުންވާ އަދަދު: 1
މަޤާމުގެ މަސްއޫލިއްޔަތު:
- އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
- އޮފީސް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
- މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
- އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
- އޮފީހުގައި ބާއްވާ އެކިއެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން.
- އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ،
- ލިޔަންކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
- މޮޓޯ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތުން.
މުސާރައާއި ޢިނާޔަތްތައް:
- 7000ރ އާއި 8000ރ އާއި ދެމެދު
މަސައްކަތްކުރަންޖެހޭ ގަޑި:
- ހެނދުނު 08:00 އިން ހަވީރު 16:00 އަށް،
މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް:
- ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.
- މަގާމުގައި އަދާ ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
- އެޕްލިކޭޝަންސް ފޮނުއްވާނީ 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް: [email protected] އަށެވެ. އެޕްލިކޭޝަންސް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލްއިންނެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00–14:00 ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
08 ނޮވެންބަރު 2020