ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2020/49
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 23 ނޮވެންބަރު 2020 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުތީމު މަސް މާރުކޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

      މިރަށު މަސް މާރުކޭޓްގެ ލަކުޑިން ހަދާފައިވާ ބައި ވަރުނިސްކޮށް މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

      ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި އެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2020