ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2020/27
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 18 ނޮވެންބަރު 2020 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެގްޒެކިއުޓިވް ޑިރެކްޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                         އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/27)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެގްޒެކެޓިވް ޑިރެކްޓަރ

މުސާރަ (މަހަކު) : -/16,200 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/5,400 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/5,400 ރުފިޔާ މަހަކު

ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ.

މުސާރަ (މަހަކު) : -/15،228 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/5،076 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/5،076 ރުފިޔާ މަހަކު) 

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން 

ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން )ނުވަތަ(

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޑިޕާޓްމަންޓް ހިންގުމާއި ޙަވާލުވެހުންނަ ވެރިޔާގެ ބެލުމުގެ ދަށުން، އެޗް. އާރް އެންޑް އެޑްމިންގެ އެންމެހާ މަސައްކަތްތައް ހަރުދަނާގޮތެއްގައި ރާވާ ހިންގުމާއި ބެލެހެއްޓުން.

- އެޗް.އާރު އެންޑް އެޑްމިން ސެކްޝަނުގެ މަސައްކަތްތަކާއި ގުޅިގެން މެނޭޖްމަންޓަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މައުލޫމާތު ފޯރުކޮށްދިނުން.

- ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ބަޖެޓް އަދި މާކެޓިންގ ޕްލޭންއަށް އެޗްއާރު އެންޑް އެޑްމިން އިން ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ހުށައެޅުން.

- މިކޯޕަރޭޝަނުގެ ހިއުމަން ރިސޯސް ޕްލޭން/ޕޮލިސީ ތައްޔާރުކޮށް މި ޕްލޭނުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ގަވާއިދުން އެންގުން.

- ކޯޕަރޭޝަނުގެ ހުރިހާ ސެކްޝަންތަކުގެ އެޑްމިނިސްޓްރޭޝަންގެ މަސައްކަތުގައި އެހީތެރިވެ ފުރިހަމަ އެއްބާރުލުން ދިނުން.

- ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ، މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ ޕޮލިސީ، އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން.

- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި އެކަންކަން ރިވިއުކުރުމާއި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.

- ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އިރުޝާދުދީ އެކަންކަން މޮނިޓަރ ކުރުން.

- ކޯޕަރޭޝަނުގެ ހިންގުމާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކޯޕަރޭޝަނުގެ އަހަރީ ރިޕޯޓް، ކުއާޓަލީ ރިޕޯޓް އަދި މަންތްލީ ރިޕޯޓްތައް ޤަވާއިދުން ނިންމުމަށް އެކަށީގެންވާ އިރުޝާދު ފޯރުކޮށްދިނުން.

- ކޯޕަރޭޝަނުގެ ސްޓާފުންނާ ގުޅިގެން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށްކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

- ސެކްޝަންގެ މަސައްކަތްތައް މޮނީޓަރކޮށް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.

- ޑިޕާޓްމަންޓްގެ އެންމެހާ ލިޔެކިއުންތައް ބެލެހެއްޓުމާއި ގަވާއިދުން ފައިލް ކުރުމުގެ މަސައްކަތް މޮނިޓަރ ކުރުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

3-  ފޯމު ހުށައަޅަންވީ ތާރީޚް:  18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން[email protected]  އަށް އީމެއިލް ކުރުން.

4. ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

08 ނޮވެންބަރު 2020