މަސައްކަތް
ނަންބަރު: (IUL)286-PRJ/286/2020/59
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 22 ނޮވެންބަރު 2020 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އިން 2020 ވަނަ އަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ދެ ސަރަހައްދުގައި ހުރި ރުއްގަސްތައް ނަގައި ބިންސާފުކޮށްދޭނެ ފަރާތެއް ހޯދުން

      ކެނދިކުޅުދޫ ކައުންސިލްއިން މިއަހަރު ( 2020 ) އަލަށް ދިރިއުޅުމަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ދެ ސަރަހައްދުގައި ( ކެނދިކޮޅު އަވަށާއި ، ކުޅުދޫ އަވަވަށް ) ހުރި ރުއްގަސްތައް އަމިއްލަ ޚަރަދުގައި ، ނަގައިދިނުމަށް މިކައުންސިލުން 22 އޮކްޓޯބަރު 2020 ގައި ކުރެވިފައިވާ އިޢުލާންގައިވާ ތާރީޙްތަކުގައި މައްސަލަތަކެއް އުޅޭކަމަށް މިކައުންސިލަށް ފާހަގަކުރެވިފައިވާތީ  އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ. ވީމާ މިކައުންސިލުން އަންގާ ގޮތެއްގެ މަތިން ބިންސާފު ކުރުމާއި ރުއްގަސްތައް ނަގައިދިނުމަށް ޝައުގުވެރިކަން ހުރި ފަރާތް ތަކުން ، މި ނޮވެމްބަރު 22  ވަނަ ދުވަހުގެ 13:00 ކުރިން  މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު 2020 ޑިސެމްބަރު 1 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯރސަލް  ހުށަހެޅުމަށް ދެންނެވީމެވެ.

މިކަމަށް ކުރިންކުރި އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީވީ ފަރާތްތަކުން އަލުން ރަޖިސްޓްރީ ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މައުލޫމާތު ކަރުދާސް ( ސްޕެސިފިކޭޝަން ) ނަގަންވާނެއެވެ.

 

މިކަމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް ، މިކައުންސިލްގެ ފޯނު ނަމްބަރ 6560013   އަށް  ގުޅުއްވައިގެންވެސް މަޢުލޫމަތު ސާފު ކުރުމުގެ ކަންކަން ކުރިޔަށްގެންދެވޭނެއެވެ.

އީ-މެއިލް މެދުވެރިކޮށް މުޢާމަލާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ، [email protected] އަށް ލިޔެކިޔުންތައް ( ޕްރޮޕޯރސަލް ) ހުށަހެޅުމަށް ދެންނެވީމެވެ.   

ބިޑްގައި ރަޖިސްޓްރީ ވުމަށްފަހު އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9634648 ނަމްބަރު ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފްކުރުމަށް ދަންނަވަމެވެ.

         ވީމާ،މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ. 

08 ނޮވެންބަރު 2020