ދިވެހިރާއްޖެ
މި ކޮމިޝަނުގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
|
ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެލަވަންސް:
ސިޓިންއެއްގައި ދޮޅުގަޑިއިރު ހަމަވަންދެން -/500 (ފަސް ސަތޭކަ) ރުފިޔާ އަދި ދޮޅުގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް އިތުރު -/500 (ފަސް ސަތޭކަ) ރުފިޔާ. އަދި ސިޓިންގ އަކަށް އެންމެ ގިނަވެގެންދެވޭނީ -/1000 (އެއްހާސް) ރުފިޔާއެވެ.
|
|
ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
ނޯޓް: ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި،ޤާނޫނީ ވަކީލުންނާއި، ތަޙްޤީޤު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރައްވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓުގައި ވަކާލާތު ކުރެއްވުމަކީ މަނާކަމެއްކަމަށްވެސް މި ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ. |
|
ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
|
|
ސުންގަޑި |
2020 ނޮވެންބަރު 17 ވަނަ ދުވަހުގެ 12:30 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ހ.ސަކީނާމަންޒިލް، މެދުޒިޔާރަތްމަގު) ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ކޮމިޝަންގެ ތަޙްޤީޤު ކޮމިޓީތަކުގެ މެންބަރުކަމަށް އެދޭ ފޯމާއި އިގްރާރު ފޯމް އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |