ދިވެހިރާއްޖެ
ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ވެލިއުސް ސާރވޭތަކުގައި މަސައްކަތް ކުރާނެ ރިސާރޗް އެސިސްޓެންޓެއް ބޭނުންވެއެވެ. ވެލިއުސް ސާރވޭ އަކީ ރައްޔަތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ދިރިއުޅުމުގެ ކަންކަމުގައި ގެންގުޅޭ ނަޒަރިއްޔާ ދެނެގަތުމަށް ކުރިއަށް ގެންދެވޭ ދިރާސާ ތަކެކެވެ.
މުސާރަ: |
މަހަކު 5000 ރުފިޔާ |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތު: |
- ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް މައިކްރޯސޮފްޓް އެކްސެލް އާއި ވަރޑް އަދި ޕަވަރޕޮއިންޓް ޕްރޮގްރާމަށް އަހުލުވެރިވުން) - އެސް.ޕީ.އެސް.އެސް. އަށް އަހުލުވެރިވެފައިވާ އަދި ރިސާޗް މަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
ކުރާންޖެހޭ މަސައްކަތް: |
- ސާރވޭ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން) - ދިރާސާއަށް މަޢުލޫމާތު އެއްކުރުމާއި އެނަލައިޒްކުރުމުގައި އެހީތެރިވުން - ދިރާސާއާ ގުޅޭ އިދާރީ މަސައްކަތް ކުރުން |
މަސައްކަތްކުރަންޖެހޭ މުއްދަތު: |
ކޮންޓްރެކްޓް ކުރެވޭ ތާރީޚުން ފެށިގެން 8 މަސް ދުވަސް |
މަސައްކަތްކުރާން ޖެހޭ ވަގުތު: |
ހަފްތާއަކު 5 ދުވަހު، ދުވާލަކު 6 ގަޑިއިރު (ޕެންޑެމިކްގެ ހާލަތުގައި މަސައްކަތްކުރަން ހެމަޖެހިފައިވަނީ މައިގަނޑު ގޮތެއްގައި ގެއިންނެވެ.) |
ސިޓީއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު) - މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު) - މަސައްކަތުގެ ތަޖުރިބާގެ ލިޔުން - ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު) |
ވީމާ، މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅުއްވޭނެއެވެ. އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345277 ނަންބަރާ ގުޅުއްވުން އެދެމެވެ.
15 ރަބީޢުލްއައްވަލް 1442
08 ނޮވެންބަރު 2020