ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AA/426/2020/345
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 12 ނޮވެންބަރު 2020 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްޓަކައި އައްޑޫގެ ބިމުގެ ސަރވޭކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

އައްޑޫސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްޓަކައި އައްޑޫގެ ބިމުގެ ސަރވޭކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2020/306 އިޢުލާނަށް ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މިމަސައްކަތަށް ބީލަން ހުށަހަޅަންޖެހޭ ތާރީޚް ވަނީ ފަސް ކުރެވިފައެވެ.

ވީމާ، މި މަސައްކަތަށް ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 12 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައެވެ.

އީމެއިލް:  [email protected]  

ކޮޕީ :  [email protected]

 

18 ރަބީއުލް އައްވަލު 1442

04 ނޮވެންބަރު 2020