ދިވެހިރާއްޖެ
| 
 އިޢުލާން  | 
||||||||||||||||||||||||||||
| 
 ތާރީޚް:  | 
 04 ނޮވެމްބަރ 2020  | 
 ނަންބަރު:  | 
 (IUL)401-E/401/2020/134  | 
|||||||||||||||||||||||||
| 
 18 ރަބީޢުލްއައްވަލް 1442  | 
 އިޢުލާންގެ ވަނަ:  | 
 05  | 
||||||||||||||||||||||||||
| 
 ކުޑަކުދިންގެ ޕާކުތަކަށް ޕްލޭސެޓް ހޯދައިދޭނެ ފަރާތެއް ހޯދުމަށް  | 
||||||||||||||||||||||||||||
| 
 
  | 
||||||||||||||||||||||||||||
| 
 
 އަލަށް ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ 02 ޕްލޭސެޓާއި 10 ގޮނޑި (ޕާކު ބެންޗު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި ނަންބަރު (IUL)401-E/401/2020/123 (26 އޮކްޓޯބަރ 2020) އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެއްޗަށް ބައެއް ބަދަލު ގެންނަން ބޭނުންވާތީ، އެ އިޢުލާނުގައިވާ ތަކެއްޗަށް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހޯދަން ބޭނުންވާ ތަކެތި:
 ވީމާ، މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ގަނެގެން ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު، ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ޙާޟިރުވެ ބީލަން ހުށަހެޅުން އެދެމެވެ. މިއިދާރާގެ ނަންބަރު (IUL)401-E/401/2020/123 (26 އޮކްޓޯބަރ 2020) އިޢުލާނާއި ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަރާތްތަކަށް ހިލޭ ބީލަން ފޮތް ފޯރުކޮށްދެވޭނެއެވެ. ބީލަންފޮތުގެ އަގަކީ -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) އެވެ.  | 
||||||||||||||||||||||||||||
| 
 ބީލަންފޮތް ވިއްކުން  | 
 ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2020 (ބުދަ) ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 (އާދީއްތަ) ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް. ބީލަންފޮތް ބައްލަވައިގެންފައިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.  | 
|||||||||||||||||||||||||||
| 
 ބީލަން ހުށަހެޅުން  | 
 ބީލަން ހުށަހަޅާނީ 19 ނޮވެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 11:30 ގައި ލ. ފޮނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ. ބީލަންތައް ހުޅުވާނީ ބީލަން ހުށަހަޅާ ސުންގަޑި ހަމަވުމުން ބީލަންވެރިންގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  | 
|||||||||||||||||||||||||||
| 
 
 އިތުރު މަޢުލޫމާތު  | 
 އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯނު: 6800082 އީމެއިލް: [email protected]  | 
|||||||||||||||||||||||||||
| 
 
  | 
 
  | 
|||||||||||||||||||||||||||
| 
 
  | 
||||||||||||||||||||||||||||