ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/DHAH/2020/21
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 16 ނޮވެންބަރު 2020 13:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސޯސިއޭޓް ސްޕެޝަލިސްޓް އިން އެނެސްތީސިއޮލޮޖީ ގެ މަޤާމަށް މީހުން ހޯދުމަށް

 

                                   އިޢުލާނު

ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސޯސިއޭޓް ސްޕެޝަލިސްޓް އިން އެނެސްތީސިއޮލޮޖީ

މަޤާމުގެ ނަމްބަރު:

J-295342

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

އެހެނިހެން އެލަވަންސް:

1.ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  2. ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ޞިއްޙީ ޚިދްމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މަޢުލޫމާތު މުރާޖައާކުރުން.
  3. ބަލިޙަލަތު ދެނެގަތުމަށް ބޭނުންވާ ޚާއްޞަ ތަހްލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިއަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  4. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމަޢި ބޭހަށް އެދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ޙާލަތު ބަދަލުވާގޮތް މޮނިޓަރކުރުން.
  5. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޢާއްމު އަދި ޚާއްޞަ އޮޕަރޭޝަންތައް ކުރުން.
  6. މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާ ނުރައްކާތެރި ޙާލަތްތަކަށް ފަރުވާ ދިނުން.
  7. ބަލިމީހާގެ މެޑިކަލް މަޢުލޫމާތު ލިޔެ ރެކޯރޑްކޮށް ފުރިހަމަ ފަރުވާ ދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ޞިއްޙީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  8. ޤާނޫނީ އަދި ފަންނީ ވާޖިބް އަދާކުރުމުގެ ގޮތުން ފޯރޮކޮށްދޭންޖެހޭ މަޢުލޫމާތާއި ވިހާ މަރުވާ މީހުންގެ މަޢުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މަޢުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހްގީގްތަކުގެ އެހީތެރިވުން.
  9. އެކިއެކ ޚާއްޞަ ބަލިތަކުން ރައްކަތެރިވެ ދުޅަހެޔޮކަންމަތީގައި ހުރުމަށާއި އެފަދަ ބަލިތަކަށް ކުރަންޖެހޭ ފަރުވާއާއި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ބަލިމީހާއަށާއި ޢާއިލާތަކަށާއި މުޖުތަމަޢުއަށް އޮޅުންފިލުވައި ދިނުން.
  10. މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުން.
  11. އިންސާނުންނަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތަކާއި ބަލިތަކުގެ އަޞްލު ދެނެގަތުމާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯރޓްތަކުގައި ޝާއިޢުކުރުން.
  12. ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި ޢާއްމުން ހޭލުންތެރި ކުރުމަށް ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  13. ޞިއްޙީ ޚިދްމަތުގެ ނިޒާމް ބައްޓަންކރުމާއި އިތުރަށް ތަރައްޤީ ކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން
  14. އަތޮޅު ތެރޭގެ ޞިއްޙީ ޚިދްމަތުގައި ސްޕެޝިއަލިސްޓުންގެ ޚިދްމަތަށް ބޭނުންވާ ޙާލަތްތަކުގެ ކަނޑައަޅާފައިވާ މުއްދަތައް އެ ޚިދްމަތް ފޯރޮކޮށްދިނުން.
  15. ޤާނޫނީގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ޞިއްޙީ ޚިދްމަތުގައި ހިމެނޭ ފަންނީ ކޮމެޓީތަކާޢި ބޯޑުތަކާއި، ޞިއްޙީ ޚިދްމަތު ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން.  

 

ތައުލީމާއި ތަޖުރިބާ

(އެސޯސިއޭޓް ސްޕެޝަލިސްޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ)

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ސަރވިސް އެލަވަންސް ،މަހަކު (ރުފިޔާ)

 

CS13-4

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީ.އެސް 13-3 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެގްރިގޭޓްކޮށް 3 އަހަރު 85% އިން މަތިން މާރކްސް ހޯދާފައިވުން.

 

-/29540

-/12750

 

CS13-3

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީ.އެސް 13-2 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

 

-/28120

-/12750

 

CS13-2

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީ.އެސް 13-1 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

 

-/26670

-/12750

 

CS13-1

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން  ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބް-ސްޕެޝަލިޓީއަކުން ޙާޞިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރެޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

 

-/25260

-/12750

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުންނާ ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސައިވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

7. ސިވިލްސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓްފިކެޓްގެ ކޮޕީ.

 

8.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު.

 

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް      ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،  18 ނޮވެމްބަރ 2020 ން 25 ނޮވެމްބަރ 2020 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ހޮސްޕިޓަލްގެ ނޯޓިސްބޯޑްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760087އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

                 04 ނޮވެމްބަރ 2020

04 ނޮވެންބަރު 2020