މަސައްކަތް
ނަންބަރު: (IUL)265/265/2020/29
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 16 ނޮވެންބަރު 2020 12:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ޖަހާ މަގުބައްތިތައް ޖެހުމަށް، ކޯރުކޮނެދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިރަށުގައި (ރަށްދެބައިމަގުގައި) އަލަށް ޖެހުމަށް ހަމަޖެހިފައިވާ މަގުބައްތިތައް ޖެހުމަށް ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކޯރު ކޮނެދެވޭނެ މީޓަރެއްގެ އަގުގެ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

8 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00

16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 12:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "މަގުބައްތި ޖެހުމަށް ކޯރު ކޮނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް ޕޮއިންޓްދޭ ޢުސޫލުންނެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2020