ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ ޕްރީ ސްކޫލްގައި ޕްލޭ ހައުސްއެއް ހެދުމާއި،
02 ގޭޓް ހެދުމާއި، 02 ދިދަދަނޑި ޖެހުން.
ތ. ކަނޑޫދޫ ޕްރީ ސްކޫލްގައި ޕްލޭ ހައުސް ހެދުމާއި، 02 ގޭޓް ހެދުމާއި، އަދި 02 ދިދަދަނޑި އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)387/387/2020/50 (16 ޖޫން 2020)ގެ އިއުލާނާ ގުޅިގެން ހުށަހެޅި އެސްޓިމޭޓުތަކުގައި އެކިއެކި މައްސަލަތައް ހުރުމާއެކު އެއިއުލާނާއި އެއެސްޓިމޭޓުތައް ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައި ގަތުމަށްފަހު 26 ނޮވެމްބަރ 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ޕްރީމިޑް މީޓިންގ 16 ނޮވެމްބަރ 2020 ވަނަދުވަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑު ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑު ޑޮކިއުމަންޓް ސަރުކާރު ބަންދުނޫން ދުވަސްދުވަހު 12:00 އާއިހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
18 ރަބީޢުލްއައްވަލް 1442
04 ނޮވެމްބަރ 2020