ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/13
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:54
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމުގެ މަޢުލޫމާތު ސެޝަންއާ ގުޅޭ

ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބައްދަލުވުމެއް 04 ނޮވެމްބަރ 2020ވާ ބުދަ ދުވަހުގެ ހަވީރު 16:00ގައި އަފީފުއްދީން ސުކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަޖުރިބާކާރެކެވެ. މި މަޢުލޫމާތު ސެސަންގައި ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރާނެ ގޮތާއި ގަސްތަކަށް އާންމުކޮށް ޖެހޭ ބަލިތަކުގެ މަޢުލޫމާތު އަދި ކޮންޓްރޯލް ކުރުމަށް ގޭގައި ތައްޔާރު ކުރެވިދާނެ ބޭހުގެ މަޢުލޫމާތު ފޯރޮކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

             މި ބައްދަލުވުމުގައި ބައިވަރިވާން ވަޑައިގަންނަވާއިރު މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށާއި، ހޯލަށް ވަދެ ނުކުމެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމަކީ ލާޒިމްކަމެކެވެ.

03 ނޮވެންބަރު 2020